1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންކަން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންގެ ކަމުގެ މަގާމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބުކަން

މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމުގެ މަގާމަށް މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސީޓުމާގޭ އާދަމް ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަރކަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަރގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އާރު ފަތުޙުﷲ ހަސަން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

4. އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރކަން

އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މަލާޒް މުޙަންމަދު ޢުޘްމާން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.