ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އުފައްދާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، އެޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މިއަދު އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެޤާނޫނުގެ 62 ވަނަ މާއްދާގެ (ހ)ގައިވާގޮތުގެ މަތިން މިއޮތޯރިޓީއާ މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމަށް ކަނޑައަޅުއްވައިފި ކަމުގައިވެސް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.