1. އެންވޯއި ފޮރ ސައުތު އޭޝިޔާކަން

އެންވޯއި ފޮރ ސައުތު އޭޝިއާ ކަމަށް އައްޑުއަތޮޅު ހުޅުދޫ ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. މި މަގާމަށް ފާޠިމަތު ދިޔާނާ ސަޢީދު އިސްކުރައްވާފައިވަނީ މިނިސްޓަރުގެ ފެންވަރުގައެވެ.

2. ސްވިޓްޒަރލެންޑަށް (ސްވިސް ކޮންފެޑަރޭޝަނަށް) ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަން

ސްވިޓްޒަރލެންޑަށް (ސްވިސް ކޮންފެޑަރޭޝަނަށް) ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހެންވޭރު އޯކިޑް އިރްތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުކަން

ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުކަމަށް ހެންވޭރު އޯކިޑް އިރްތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.