1. މެދުއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރކަން

މެދުއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރ ކަމުގެ މަގާމަށް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 1659 އާދަމް ނާޞިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. މާލެއަތޮޅު އަތޮޅު ކައުންސިލަރކަން

މާލެއަތޮޅު އަތޮޅު ކައުންސިލަރގެ މަގާމަށް މާލެއަތޮޅު ކާށިދޫ ފިނިވާގޭ ޙުސައިން މޫސާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަރކަން

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަރގެ މަގާމަށް، މަތިވެރީ އައްސޭރި ޢަލީ ރައޫފް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.