1. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރުގެ ނައިބުކަން

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ޖަރީމާގޭ އާދަމް ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ، ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގައެވެ.

2. އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަރކަން

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަރގެ މަގާމަށް މަތިވެރީ އައްސޭރި ޢަލީ ރައޫފް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.