2009 ވަނައަހަރު ސަރުކާރުން ދެއްވަން ފެށްޓެވި "ޤައުމީ އިނާމު" ގެ ތެރެއިން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއެކު ދެއްވާ "ޝަރަފުގެ ބެޖު" ލިބިވަޑައިގަންނަވާ ބޭފުޅުން، އެ ބެޖު ބޭނުންކުރެއްވުމުގައި މިދަންނަވާ އުސޫލުގެމަތިން ޢަމަލުކުރައްވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1. ޤައުމީ އެކިއެކި މުނާސަބަތުތަކާއި، ސަރުކާރުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކާއި، ޖަލްސާތަކާއި، ޙަފްލާތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު ބެޖު ބޭނުން ކުރެއްވުން.

2. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވަވާ އެކިއެކި ޖަލްސާތަކާއި، ޙަފްލާތަކާއި، މުބާރާތްތަކުގެ ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވާ ކަންކަމުގައި ބެޖު ބޭނުން ކުރެއްވުން.

3. އިނާމު ލިބިވަޑައިގެންނެވި ދާއިރާއަކާ ގުޅޭގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި ޖަލްސާތަކާއި، ބައްދަލުވުންތަކާއި، ޙަފްލާތަކާއި، ފެސްޓިވަލްތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު ބެޖު ބޭނުން ކުރެއްވުން.

މިދިޔަ އަހަރު ޝަރަފުގެ ބެޖު ލިބިވަޑައިގެންނެވި ބޭފުޅުންނަށް މި ގަވާއިދު މިއޮފީހުން ފޮނުއްވައިފި ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.