1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރކަން

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމުގެ މަގާމަށް، މައްޗަންގޮޅި އެއިމޭ އަޙްމަދު ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މީގެކުރިން ހުންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ރައީސް ކަމުގެ މަގާމުގައެވެ.

2. ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންކަން

ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ދިއްދޫ ޖަރީމާގޭ އާދަމް ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާދަމް ނަޞީރު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މަތި އުތުރު ޕްރޮވިންސްގެ ނައިބު ކަމުގެ މަގާމުގައެވެ. ނެވީ

3. މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުކަން

މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުކަމުގެ މަގާމަށް، މާފަންނު ގޯލްޑަންޕަރލް އިބްރާހީމް މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

4. މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަން

މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަމުގެ މަގާމަށް، ތިލަދުންމަތި އުތުރުބުރި ހޯރަފުށި ހުސްނުހީނާގޭ ޢަލީ ނަޞީރު އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.



5. ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަން

ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަމުގެ މަގާމަށް، އައްޑުއަތޮޅު ހިތަދޫ މަލަރެސް ޢަބްދުﷲ ޖަމީލު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

6. ހެންވޭރު އަވަށު އޮފީހުގެ ކައުންސިލަރުކަން

ހެންވޭރު އަވަށު އޮފީހުގެ ކައުންސިލަރުކަމުގެ މަގާމަށް، ހެންވޭރު ވިލުނޫ އަޙްމަދު ސިރާޖް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.