ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ޤައުމީ އިނާމަށް މިއަހަރު ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ އަހަރެކޭވެސް އެއްފަދައިން، މިއަހަރުވެސް އިނާމާބެހޭ އެންމެހާ ކަންތައްތައް ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ، މި ކޮމިޓީން ކަމަށާއި، އިނާމު ދެއްވާނެ ފަރާތްތައް ހޮއްވަވާނީވެސް މި ކޮމިޓީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި މިއަހަރުވެސް ނަން ހުށަހެޅުއްވޭގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުއްވުމަށް ވަކި ފޯމެއް އަދި ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް ވަކި ފޯމެއް މިއަހަރު ތަޢާރުފު ކުރައްވާފައިވާނޭ ކަމަށާއި، އިނާމަށް ހުށަހަޅުއްވާ ފަރާތްތަކުންނާއި އިނާމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވާނީ މިދެންނެވުމާއެކުގައިވާ ދެ ފޯމުގެ ތެރެއިން އިނާމަށް ހުށަހަޅާ ފަރާތާގުޅޭ ފޯމެއް ފުރިހަމަ ކުރައްވާފައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފޯމު ފޮނުއްވާނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކުރައްވައި މިއޮފީހަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހުށަހަޅުއްވާ ފޯމުތައް، މިއަހަރުގެ އޯގަސްޓް މަހުގެ 1 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މިއޮފީހަށް ފޮނުއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް މިއަދުވަނީ ޝާއިޢު ކުރައްވާފައި ކަމަށާއި، ޤައުމީ އިނާމަށް ނަން ހުށަހަޅާ ދެފޯމުވެސް ގެޒެޓުގައި ހިމަނުއްވާފައިވާނޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން ތައްޔާރުކުރެއްވި، ޤައުމީ އިނާމާބެހޭ ލިޔުން މިދެންނެވުމާއެކު ހިމެނިފައިވާނެއެވެ. އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ، މިއޮފީހުގެ 3336262 ނަންބަރު ފޯނާއި، ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. މިއޮފީހުގެ ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.



ޤައުމީ އިނާމު

1. ސަބަބާއި އަސާސް
ދިވެހި ޤައުމުގެ ކުރިމަގުގެ އެންމެ މުހިންމު އަސާސަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ރައްޔިތުން އުފައްދާފައިވާ މަދަނީ މުއައްސަސާތަކެވެ. އެހެންކަމުން، ޤައުމާއި މުޖްތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި، އެފަރާތްތަކަށް ލިބޭ ރީތި ނަން ބަލައިގަތުމަކީ، ދައުލަތުން މިކަންކަމަށް ހިތްވަރުދިނުމަށް އެޅޭ ފިޔަވަޅެކެވެ. އަދި އެފަރާތްތަކުން ކުރާމަސައްކަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ އިނާމެއް ދިނުމަކީވެސް ދެވޭ ވަރަށް ބޮޑު ހިތްވަރެކެވެ.
ޤައުމީ އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ”ޤައުމީ އިނާމާބެހޭ“ ކޮމިޓީންނެވެ.
2. މައިގަނޑު އުޞޫލުތައް
- ޤައުމީ އިނާމު، ޢާންމުގޮތެއްގައި ދޭނީ އަހަރަކު އެއްފަހަރުއެވެ. އެއީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
- ޤައުމީ އިނާމުގައި ހިމެނޭނީ، ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ.
- ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރުދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. ފައިސާގެ އިނާމެއް ނުދެއްވާނެއެވެ.
3. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެވޭނީ، ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދްމަތްކޮށްފައިވާ ފަރާތްތަކަށެވެ. ދިގު މުއްދަތުކަމަށް ބެލޭނީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 25 އަހަރު ޚިދްމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 5 އަހަރު ވެފައި، އެ ދާއިރާގެ ޚިދްމަތުގައި އެކު ޖުމުލަ 25 އަހަރުވުމެވެ. މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރު ވެފައި، ޚިދްމަތުގައި އެކު ޖުމުލަ 30 އަހަރު ވުމެވެ. އިނާމަށް ހުށަހަޅާއިރު، މިކަން ސާބިތުކޮށްދެވޭނޭ ލިޔުންތަކާއި ހެކި ހުށަހަޅަންވާނެއެވެ.
4 . ހިތްވަރުދިނުމުގެ ޤައުމީ އިނާމު
ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެވޭނީ، އެކަށީގެންވާ މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ޚިދްމަތްކުރަމުން ގެންދާ ފަރާތްތަކަށެވެ. އެކަށީގެންވާ މުއްދަތެއް ކަމުގައި ބެލޭނީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ޚިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ. އިނާމަށް ހުށަހަޅާއިރު، މިކަން ސާބިތުކޮށްދެވޭނޭ ލިޔުންތަކާއި ހެކި ހުށަހަޅަންވާނެއެވެ.
5. ޤައުމީ އިނާމު ދެވޭ ދާއިރާތައް
ޤައުމީ އިނާމު ދެވޭނީ، ތިރީގައި ބަޔާންކުރެވިފައި އެވާ ދާއިރާތަކުންނެވެ.
ހ. އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމުގެ ދާއިރާ.
ށ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ.
ނ. ދިވެހި ތާރީޚާއި ތަރިކައާއި ސަގާފަތުގެ ދާއިރާ.
ރ. ތަޢްލީމީ ދާއިރާ.
ބ. ޞިއްޙީ ދާއިރާ.
ޅ. އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާ.
ކ. މުޖްތަމަޢުގައި ހިންގުން ހަރުދަނާކުރުމުގެ ދާއިރާ. (ގުޑް ގަވަރނަންސް)
އ. ތިމާވެށީގެ ދާއިރާ:
ވ. މަސްވެރިކަމުގެ ދާއިރާ.
މ. ފަތުރުވެރިކަމުގެ ދާއިރާ.
ފ. ދަނޑުވެރިކަމުގެ ދާއިރާ.
ދ. އާ އުފެއްދުންތަކުގެ ދާއިރާ. (އިނޮވޭޝަން)
ތ. އާދަޔާ ޚިލާފު ހިތްވަރުގަދަކަމުގެ ރޮނގު (ބްރޭވަރީ) (މި އިނާމު ދިނުމުގައި 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކަށް ނުބެލޭނެއެވެ.)
ލ. އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ.
ގ. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ.
ޏ. މަސައްކަތްތެރިކަމުގެ ދާއިރާ.
ސ. އިމާރާތްކުރުމުގެ ދާއިރާ.
ޑ. ދަތުރުފަތުރުގެ ދާއިރާ.
ޒ. މުވާޞަލާތުގެ ދާއިރާ.
ޓ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ.
ޔ. ކުޅިވަރުގެ ދާއިރާ:
ޕ. ވިޜުއަލް އާރޓްސްގެ ދާއިރާ.
ޖ. ޕަރފޯމިންގ އާޓްސްގެ ދާއިރާ.

6. ޤައުމީ އިނާމު ދިނުމަށް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް

(ހ) ދާއިރާގައި ޚިދްމަތް ކުރުމުގައި ދެމިހުރިކަން ނުވަތަ ނޫންކަން.
(ށ) ދާއިރާގައި ޚިދްމަތް ކޮށްފައިވާ މުއްދަތު.
(ނ) ދާއިރާއިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީ / ލިބިފައިވާ ވަނަތައް.
(ރ) ދާއިރާއިން ރާއްޖެއިންބޭރުގައި ހޯދާފައިވާ ކާމިޔާބީ / ލިބިފައިވާ ވަނަތައް.
(ބ) ދާއިރާއިން، ހިލޭސާބަހަށް ކޮށްދީފައިވާ މަސައްކަތް.
(ޅ) ދާއިރާއިން، ހިލޭ އެހީ ދީފައިވާ މިންވަރު.
(ކ) ދާއިރާއިން، ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތް.
(އ) ދާއިރާއިން، މުޖްތަމަޢަށް ފައިދާހުރިގޮތެއްގައި ކޮށްފައިވާ މަސައްކަތް.
(ވ) ދާއިރާއިން، އިޖްތިމާޢީ ކަންކަމަށް ސްޕޮންސަރ ކޮށްފައިވާ މިންވަރު.
(މ) ލިބިފައިވާ ޢިލްމެއް ނުވަތަ ފަންނީ ހުނަރެއް، މުޖްތަމަޢަށް ބޭނުންތެރި ގޮތެއްގައި ހިފާފައިވާ މިންވަރާއި، އެހެން މީހުންނަށް އުނގަންނައިދީފައިވާ މިންވަރު.
(ފ) ތަޢާރުފްކޮށްފައިވާ އާ ކަންތައްތަކާއި އާ ވިސްނުން.
(ދ) އާ އީޖާދުތަކާއި، އާ ދިރާސާތަކުން ހޯދާފައިވާ ކާމިޔާބީ.
(ތ) ދިވެހިން ވަޒީފާއަށް އަހުލުވެރިކުރުވުމަށް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ މަސައްކަތް.
(ލ) ތަމްރީނުކޮށްފައިވާ ދިވެހިންގެ އަދަދު.
(ގ) ދިވެހިން ވަޒީފާގައި ގެންގުޅޭ ނިސްބަތް.

7. ކޮމިޓީން ޚާއްޞަ ސަމާލުކަން ދޭނެ އިތުރު ކަންތައްތައް
(ހ) އަމިއްލަގޮތުން ނުވަތަ އެހެން ފަރުދަކު ނުވަތަ ޖަމުޢިއްޔާއަކުން ނުވަތަ ޖަމާޢަތަކުން ނުވަތަ ކުންފުންޏަކުން އިނާމަށް ހުށަހަޅައިފައިވާ ފަރާތަކަށްވުން.
(ށ) ސަރުކާރުގެ އިދާރާއަކުން ނުވަތަ މިނިވަން މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުންޏަކުން އިނާމަށް ހުށަހަޅާފައިވާ ފަރާތަކަށްވުން.
(ނ) ޝަރަފުވެރިކަމުގެ އިނާމަށް ހުށަހެޅޭ މީހާ / ފަރާތަކީ، އިނާމަށް ހުށަހެޅޭ ދާއިރާއިން، މީގެކުރިން ޢާންމުޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމު ނުވަތަ ޤައުމީ އިނާމު ލިބިފައިވާ ފަރާތެއްކަމުގައި ނުވުން. ހިތްވަރުދިނުމުގެ އިނާމަށް ހުށަހެޅޭ މީހާ / ފަރާތަކީ، ހުށަހެޅޭ ދާއިރާއިން، މީގެކުރިން ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.
(ރ) އިނާމަށް ހުށަހެޅޭ މީހާ / ފަރާތަކީ، އިނާމަށް ހުށަހަޅާ ދާއިރާއިން މީގެކުރިން ހިތްވަރުދިނުމުގެ އިނާމެއް ނުވަތަ ޤައުމީ އިނާމެއް ލިބިފައިވާ ފަރާތެއްނަމަ، އެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމަށް ހުށަހެޅިފައިވާ ފަރާތަކަށްވުން.
(ބ) އަދާކުރާ ވަޒީފާގެ ޒިންމާގެ އިތުރުން، ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ އިތުރުން، އެ ދާއިރާއެއްގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ޚިދްމަތް ދީފައިވާ މިންވަރު.
(ޅ) ޝަރަފުވެރިކަމުގެ އިނާމު ދިނުމުގައި، އެކަށީގެންވާ ދިގު މުއްދަތެއްގައި އެ ދާއިރާއަކުން ކޮށްދީފައިވާ ޚިދްމަތްތަކަށާއި، އެ މަސައްކަތުގައި ޙަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވާ މިންވަރު.
(ކ) ހިތްވަރުދިނުމުގެ އިނާމު ދިނުމުގައި، ދާއިރާގައި ކޮށްދީފައިވާ އަދި ކުރަމުންގެންދާ ޚިދްމަތްތަކަށާއި، މުއްދަތަށާއި، ދެމެހެއްޓެނިވިގޮތަކަށް ކަންކަން ކުރުމަށް ރާވާފައިވާ މިންވަރު.
(އ) އެހެން ފަރާތްތަކަށް ނަމޫނާއަކަށްވުން.
(ވ) އިނާމަށް ހުށަހެޅިފައިވާފަރާތުގެ މަދަނީ އަދި ޖިނާއީ މައްސަލަތަކުގެ ރެކޯޑު.
8. ޤައުމީ އިނާމު ލިބޭ ފަރާތްތަކުގެ އަގު ވަޒަންކުރުން
ޤައުމީ އިނާމު ލިބޭ ފަރާތްތަކުގެ އަގު، ސަރުކާރުން ޚާއްޞަ ގޮތެއްގައި ވަޒަން ކުރާނެއެވެ. މިގޮތުން، ސަރުކާރުގެ ފަރާތުން ބާއްވާ ބައެއް ޖަލްސާތަކާއި، ބައެއް ބައްދަލުވުންތަކާއި، އެކިއެކި މުބާރާތްތަކުގެ ޝަރަފުވެރި މެހްމާނަކަށްވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަދި ސަރުކާރުން ބާއްވާ ބައެއް ރަސްމިއްޔާތުތަކަށާއި، ބައެއް ޖަލްސާތަކަށާއި ބައެއް ބައްދަލުވުންތަކަށްވެސް އެކަމެއް އިންތިޒާމްކުރާ ފަރާތަކުން، ކަނޑައަޅާ އުސޫލަކުން ދަޢުވަތު ދެވޭނެއެވެ. އަދި އެ އިނާމު ޙާޞިލުކުރާ ފަރާތުން އެ އިނާމު ޙާޞިލުކުރި ރޮނގަކުން، ކުރި ޚިދްމަތާބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށާއި، ތަފާތު އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދެވޭނެ ފުރުޞަތުވެސް ފަހިކޮށްދެވޭނެއެވެ.
9. ޤައުމީ އިނާމެއް ލިބިފައިވާ ފަރާތަކުން އިނާމު ނިގުޅައިގަތުން
ޤައުމީ އިނާމެއް ލިބިފައިވާ ފަރާތަކުން ޤައުމީ އިނާމެއް ނިގުޅައިގަތުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފެނިއްޖެނަމަ، ތަފުސީލު ސަބަބާއެކު، އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ.
_____________________

ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާ ފޯމު


1. ޤައުމީ އިނާމަށް ވަކި ފަރުދެއްގެ ނަން ހުށަހަޅާ މީހާ/ ފަރާތުގެ މަޢުލޫމާތު:

ހ. ނަން:
ށ. ދާއިމީ އެޑްރެސް:
ނ. މިހާރުގެ އެޑްރެސް: ރ. ދ.ރ.ކާޑު ނަންބަރު:
ބ. ފޯނު ނަންބަރު:
ޅ. ފެކްސް ނަންބަރު:
ކ. އީ-މެއިލް އެޑްރެސް:



2. ޤައުމީ އިނާމަށް ހުށަހެޅޭ މީހާގެ ނުވަތަ އަމިއްލައަށް އެދޭ މީހާގެ މަޢުލޫމާތު:

ހ. ހުށަހެޅޭ މީހާގެ ނަން:

ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
ށ. ދާއިމީ އެޑްރެސް:
ނ. މިހާރުގެ އެޑްރެސް:
ރ. ދ.ރ.ކާޑު ނަންބަރު: ބ. އުމުރު:
ޅ. ފޯނު ނަންބަރު:
ކ. ފެކްސް ނަންބަރު:
އ. އީ-މެއިލް އެޑްރެސް:
ވ. ވަޒީފާ އަދާކުރާ ތަނާއި، އަދާކުރާ ވަޒީފާ:

މ. އަމިއްލަގޮތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް:




3. ސަރުކާރުގެ ގެޒެޓުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން އިނާމަށް ނަން ހުށަހަޅާ ދާއިރާ:





4. އިނާމަށް ނަން ހުށަހެޅޭ ދާއިރާއިން ކުރި މަސައްކަތާއި ޚިދްމަތާބެހޭ މަޢުލޫމާތު:

ހ. ދާއިރާގައި ޚިދްމަތްކުރުމުގައި ދެމިހުރިކަން ނުވަތަ ނޫންކަން:
ށ. ދާއިރާގައި ޚިދްމަތް ކޮށްފައިވާ މުއްދަތު:

ނ. ދާއިރާއިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީ / ލިބިފައިވާ ވަނަތައް:


ރ. ދާއިރާއިން ރާއްޖެއިން ބޭރުގައި ހޯދާފައިވާ ކާމިޔާބީ / ލިބިފައިވާ ވަނަތައް:


ބ. ދާއިރާއިން ހިލޭސާބަހަށް ކޮށްދީފައިވާ މަސައްކަތް:


ޅ. ދާއިރާއިން ހިލޭ އެހީ ދީފައިވާ މިންވަރު:


ކ. ދާއިރާއިން ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތް:


އ. ދާއިރާއިން މުޖްތަމަޢަށް ފައިދާހުރިގޮތެއްގައި ކޮށްފައިވާ މަސައްކަތް:


ވ. ދާއިރާއިން އިޖްތިމާޢީ ކަންކަމަށް ސްޕޮންސަރ ކޮށްފައިވާ މިންވަރު:


މ. ލިބިފައިވާ ޢިލްމެއް ނުވަތަ ފަންނީ ހުނަރެއް، މުޖްތަމަޢަށް ބޭނުންތެރި ގޮތެއްގައި ހިފާފައިވާ މިންވަރާއި، އެހެން މީހުންނަށް އުނގަންނައިދީފައިވާ މިންވަރު:


ފ. ތަޢާރުފްކޮށްފައިވާ އާ ކަންތައްތަކާއި އާ ވިސްނުން:


ދ. އާ އީޖާދުތަކާއި އާ ދިރާސާތަކުން ހޯދާފައިވާ ކާމިޔާބީ:



5. މީގެކުރިން ސަރުކާރުން ދެއްވި ޢާންމު ޚިދްމަތުގެ އިނާމު ނުވަތަ ޤައުމީ އިނާމު ލިބިފައިވާނަމަ އެކަމުގެ މަޢުލޫމާތު:

އިނާމު ލިބުނު އަހަރު: ޝަރަފު: ހިތްވަރު:
އިނާމު ލިބުނު ދާއިރާ:



6. އިނާމަށް ހުށަހެޅޭ މީހާގެ މަޢުލޫމާތު ކަށަވަރުކޮށްދެވޭނެ ދެ ފަރާތެއްގެ މަޢުލޫމާތު:

ނަން: ނަން:
ދާއިމީ އެޑްރެސް: ދާއިމީ އެޑްރެސް:
މިހާރު އުޅޭ އެޑްރެސް: މިހާރު އުޅޭ އެޑްރެސް:
އިނާމަށް ހުށަހެޅޭ މީހާއާ ހުރި ގުޅުން: އިނާމަށް ހުށަހެޅޭ މީހާއާ ހުރި ގުޅުން:
ފޯނު ނަންބަރު: ފޯނު ނަންބަރު:
ފެކްސް ނަންބަރު: ފެކްސް ނަންބަރު:
އީ-މެއިލް އެޑްރެސް: އީ-މެއިލް އެޑްރެސް:


މިފޯމުގައިވާ މަޢުލޫމާތާއި، އަދި މި ފޯމާއެކު ހުށަހަޅާފައިވާ މަޢުލޫމާތުތަކަކީ، ޞައްޙަ ތެދު މަޢުލޫމާތުތަކެކެވެ.

ތާރީޚު: ..............................................................................


ހުށަހަޅާ މީހާ/ފަރާތުގެ ސޮއި: ...............................................

ހުށަހަޅާ މީހާ/ފަރާތުގެ ނަން: ................................................

ހުށަހަޅާ މީހާ/ފަރާތުގެ މަގާމު: .............................................



ތައްގަނޑު:


ފޯމު ފުރިހަމަކުރެއްވުމުގައާއި ފޮނުއްވުމުގައި ކޮންމެހެން ސަމާލުކަން ދެއްވަންވީ ކަންތައްތައް:


1. އަމިއްލަ ފަރުދަކު، އަމިއްލައަށް ނަން ހުށަހަޅާނަމަ ފުރިހަމަކުރާނީ، މި ފޯމުގެ 6,5,4,3,2 އެވެ.

2. އަމިއްލަ ފަރުދަކު ނުވަތަ ކުންފުނި ޖަމާޢަތް ފަދަ ތަނަކުން އެހެންމީހެއްގެ ނަން ހުށަހަޅާނަމަ ފުރިހަމަކުރާނީ މި ފޯމުގެ 6,5,4,3,2,1 އެވެ.

3. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެހެންވެސް ފަރާތަކުން ވަކިފަރުދެއްގެ ނަން ހުށަހަޅާނަމަ ފުރިހަމަކުރާނީވެސް، މި ފޯމުގެ 6,5,4,3,2,1 އެވެ.

4. މި ފޯމުގައިވާ މަޢުލޫމާތު ކަށަވަރުކުރުމަށް ހުށަހަޅާ ލިޔުންތައް މި ފޯމާއެކު ހުށަހެޅުމަކީ، ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

5. ޤައުމީ އިނާމަށް ހުށަހެޅޭ މީހާގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް، މި ފޯމާއެކު ހުށަހަޅަންވާނެއެވެ.


6. އިނާމަށް ހުށަހެޅޭ މީހާގެ ވަނަވަރު ނުވަތަ ކަރިކިއުލަމް ވައިޓޭ މި ފޯމާއެކު ހުށަހަޅަންވާނެއެވެ.

7. ދައުލަތުގެ މުއައްސަސާއަކުން ވަކި ފަރުދެއްގެ ނަން ހުށަހަޅުއްވާނަމަ ހުށަހަޅުއްވާ ފޯމުގައި ސޮއިކުރައްވާނީ، އެ އިދާރާއެއް ހިންގަވަން ހުންނެވި އެންމެ އިސް ވެރިއެކެވެ. ކުންފުންޏަކުން ނުވަތަ ޖަމާޢަތަކުން ވަކި ފަރުދެއްގެ ނަން ހުށަހަޅުއްވާނަމަ، ފޯމުގައި ސޮއިކުރައްވާނީ، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ ސީ.އީ.އޯ. ނުވަތަ މެނެޖިންގ ޑިރެކްޓަރ ނުވަތަ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރމަން ނުވަތަ މަސްއޫލުވެރިއެކެވެ.

8. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަނަކުން ވަކި ފަރުދެއްގެ ނަން ޤައުމީ އިނާމަށް ހުށަހަޅާނަމަ، އެތަނެއްގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ހިންގާ ކޮމިޓީން، އެ ފަރާތެއް އިނާމަށް ހުށަހެޅުމަށް ނިންމާފައިވާ ނިންމުން، މި ފޯމާއެކު ހުށަހަޅަންވާނެއެވެ.


9. ފޯމު ފުރިހަމަކޮށް ފޮނުވާނީ، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ފޯމު ބަލައިގަންނާނީ، 1 ޖޫން 2010 އިން ފެށިގެން 1 އޯގަސްޓް 2010 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން، މެންދުރުފަހު 3:00 އަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3336262 ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.



ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހަޅާ ފޯމު


1. ޤައުމީ އިނާމަށް ނަން ހުށަހަޅާ މީހާ/ފަރާތުގެ މަޢުލޫމާތު:

ހ. ނަން:
ށ. ދާއިމީ އެޑްރެސް:
ނ. މިހާރުގެ އެޑްރެސް: ރ. ދ.ރ.ކާޑު ނަންބަރު:
ބ. ފޯނު ނަންބަރު:
ޅ. ފެކްސް ނަންބަރު:
ކ. އީ-މެއިލް އެޑްރެސް:
އ. ކުންފުނި/ޖަމުޢިއްޔާ/ޖަމާޢަތުގެ ރަޖިސްޓަރީ ނަންބަރު:


2. ޤައުމީ އިނާމަށް ހުށަހެޅޭ ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަނުގެ މަޢުލޫމާތު:

ހ. ނަން:
ށ. އެޑްރެސް:
ނ. ފޯނުނަންބަރު:
ރ. ފެކްސް ނަންބަރު:
ބ. އީ-މެއިލް އެޑްރެސް:
ޅ. ކުރާ މައިގަނޑު މަސައްކަތްތައް:



3. ސަރުކާރުގެ ގެޒެޓުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން އިނާމަށް ނަން ހުށަހަޅާ ދާއިރާ:





4. އިނާމަށް ހުށަހެޅޭ ދާއިރާއިން ކުރި މަސައްކަތާއި ޚިދްމަތާބެހޭ މަޢުލޫމާތު:

ހ. ދާއިރާއިން ޚިދްމަތް ދެމުން ގެންދާކަން ނުވަތަ ނޫންކަން:
ށ. ދާއިރާގައި ޚިދްމަތް ދީފައިވާ މުއްދަތު:

ނ. ދާއިރާއިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީ / ލިބިފައިވާ ވަނަތައް:


ރ. ދާއިރާއިން ރާއްޖެއިން ބޭރުގައި ހޯދާފައިވާ ކާމިޔާބީ / ލިބިފައިވާ ވަނަތައް:


ބ. ދާއިރާއިން ހިލޭސާބަހަށް ދީފައިވާ ޚިދްމަތް:


ޅ. ދާއިރާއިން ހިލޭ އެހީ ދީފައިވާ މިންވަރު:


ކ. ދާއިރާއިން ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތް:


އ. ދާއިރާއިން މުޖްތަމަޢަށް ފައިދާހުރިގޮތެއްގައި ކޮށްފައިވާ މަސައްކަތް:

ވ. ދާއިރާއިން އިޖްތިމާޢީ ކަންކަމަށް ސްޕޮންސަރ ކޮށްފައިވާ މިންވަރު:


މ. ދިވެހިން ވަޒީފާއަށް އަހުލުވެރިކުރުވުމަށް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ މަސައްކަތް:


ފ. ތަޢާރުފްކޮށްފައިވާ އާ ކަންތައްތަކާއި އާ ވިސްނުން:


ދ. އާ އީޖާދުތަކާއި އާ ދިރާސާތަކުން ހޯދާފައިވާ ކާމިޔާބީ:


ތ. ތަމްރީނުކޮށްފައިވާ ދިވެހިންގެ އަދަދު:


ލ. ވަޒީފާގައި ދިވެހިން ގެންގުޅޭ ނިސްބަތް:




5. މީގެކުރިން ސަރުކާރުން ދެއްވި ޢާންމު ޚިދްމަތުގެ އިނާމު ނުވަތަ ޤައުމީ އިނާމު ލިބިފައިވާނަމަ:

އިނާމު ލިބުނު އަހަރު: ޝަރަފު: ހިތްވަރު:
އިނާމު ލިބުނު ދާއިރާ:


6. އިނާމަށް ހުށަހެޅޭ ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަނުގެ މަޢުލޫމާތު ކަށަވަރުކޮށްދެވޭނެ ދެ ފަރާތެއްގެ މަޢުލޫމާތު:

ނަން: ނަން:
ދާއިމީ އެޑްރެސް: ދާއިމީ އެޑްރެސް:
މިހާރު އުޅޭ އެޑްރެސް: މިހާރު އުޅޭ އެޑްރެސް:
އިނާމަށް ހުށަހެޅޭ ފަރާތާ ހުރި ގުޅުން: އިނާމަށް ހުށަހެޅޭ ފަރާތާ ހުރި ގުޅުން:
ފޯނު ނަންބަރު: ފޯނު ނަންބަރު:
ފެކްސް ނަންބަރު: ފެކްސް ނަންބަރު:
އީ-މެއިލް އެޑްރެސް: އީ-މެއިލް އެޑްރެސް:


މިފޯމުގައިވާ މަޢުލޫމާތާއި، އަދި މި ފޯމާއެކު ހުށަހަޅާފައިވާ މަޢުލޫމާތުތަކަކީ، ޞައްޙަ ތެދު މަޢުލޫމާތުތަކެކެވެ.


ތާރީޚު: ..............................................................................


ހުށަހަޅާ މީހާ/ފަރާތުގެ ސޮއި: ...............................................

ހުށަހަޅާ މީހާ/ފަރާތުގެ ނަން: ................................................

ހުށަހަޅާ މީހާ/ފަރާތުގެ މަގާމު: .............................................



ތައްގަނޑު:


ފޯމު ފުރިހަމަކުރެއްވުމުގައާއި ފޮނުއްވުމުގައި ކޮންމެހެން ސަމާލުކަން ދެއްވަންވީ ކަންތައްތައް:


1. އަމިއްލަ ފަރުދަކު ނުވަތަ އެހެން ކުންފުންޏަކުން، ކުންފުނި،ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަން އިނާމަށް ހުށަހަޅާނަމަ ފުރިހަމަކުރާނީ، މި ފޯމުގެ 6,5,4,3,2,1އެވެ.


2. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަނަކުން، އެތަނެއްގެ ނަން ހުށަހަޅާނަމަ ފުރިހަމަކުރާނީ، މި ފޯމުގެ 6,5,4,3,2 އެވެ.


3. މި ފޯމުގައިވާ މަޢުލޫމާތު ކަށަވަރުކުރުމަށް ހުށަހަޅާ ލިޔުންތައް މި ފޯމާއެކު ހުށަހެޅުމަކީ، ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.


4. ކުންފުންޏަކުން ނުވަތަ ޖަމާޢިއްޔާއަކުން ނުވަތަ ޖަމާޢަތްފަދަ ތަނަކުން އެހެން ކުންފުންޏެއްގެ ނުވަތަ ޖަމުޢިއްޔާއެއްގެ ނުވަތަ ޖަމާޢަތްފަދަ ތަނެއްގެ ނަން ނުވަތަ އެ ތަނެއްގެ ނަން ޤައުމީ އިނާމަށް ހުށަހަޅާނަމަ، އިނާމަށް ހުށަހަޅާ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ހިންގާ ކޮމިޓީން، އެ ފަރާތެއް ނުވަތަ އެހެން ފަރާތެއް އިނާމަށް ހުށަހެޅުމަށް ނިންމާފައިވާ ނިންމުން، މި ފޯމާއެކު ހުށަހަޅަންވާނެއެވެ.

5. އިނާމަށް ހުށަހެޅޭ ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަނެއްގެ ޕްރޮފައިލް މި ފޯމާއެކު ހުށަހަޅަންވާނެއެވެ.


6. އިނާމަށް ހުށަހެޅޭ ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަނެއްގެ ރަޖިސްޓަރީގެ ކޮޕީ، މި ފޯމާއެކު ހުށަހަޅަންވާނެއެވެ.


7. ދައުލަތުގެ މުއައްސަސާއަކުން ހުށަހަޅުއްވާނަމަ ހުށަހަޅުއްވާ ފޯމުގައި ސޮއިކުރައްވާނީ، އެ އިދާރާއެއް ހިންގަވަން ހުންނެވި އެންމެ އިސް ވެރިއެކެވެ. ކުންފުންޏަކުން ނުވަތަ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތްފަދަ ތަނަކުން ހުށަހަޅުއްވާނަމަ، ފޯމުގައި ސޮއިކުރައްވާނީ، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ ސީ.އީ.އޯ. ނުވަތަ މެނެޖިންގ ޑިރެކްޓަރ ނުވަތަ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރމަން ނުވަތަ މަސްއޫލުވެރިއެކެވެ.


8. ފޯމު ފުރިހަމަކޮށް ފޮނުވާނީ، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ފޯމު ބަލައިގަންނާނީ، 1 ޖޫން 2010 އިން ފެށިގެން 1 އޯގަސްޓް 2010 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން، މެންދުރުފަހު 3:00 އަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3336262 ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.