1. މިނިސްޓަރ އޮފް ސްޓޭޓް، މެދުދެކުނު ޕްރޮވިންސްގެ ނައިބުކަން

މިނިސްޓަރ އޮފް ސްޓޭޓް، މެދުދެކުނު ޕްރޮވިންސްގެ ނައިބު ކަމުގެ މަގާމަށް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3581 އަޙްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޔުޓިލިޓީ ޑިވެލޮޕްމަންޓް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

2. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލަރުކަން

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލަރުކަމުގެ މަގާމަށް، ވަށަފަރު ހެޕީނައިޓް މުޙަންމަދު އަޒްލީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަރުކަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަރުކަމުގެ މަގާމަށް، ތަކަންދޫ ސޯސަންވިލާ މުޙަންމަދު ޞާދިޤް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

4. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލަރުކަން

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލަރުކަމުގެ މަގާމަށް، މަނަދޫ އަސުރުމާގޭ ޢަލީ ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.