1. މާލޭ މުނިސިޕަލްޓީގެ ކައުންސިލަރުކަން

މާލޭ މުނިސިޕަލްޓީގެ ކައުންސިލަރުކަމުގެ މަގާމަށް، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހާޖަރާގޭ އަޙްމަދު ލުޠުފީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. ހައްދުންމަތީ ގަމު މަތިމަރަދޫ ކައުންސިލަރުކަން

ހައްދުންމަތީ ގަމު މަތިމަރަދޫ ކައުންސިލަރުކަމުގެ މަގާމަށް، މަތިމަރަދޫ އަވަށް ސިލެޓް ޢަބްދުﷲ ޤާސިމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. ހައްދުންމަތީ ފޮނަދޫ ކައުންސިލަރުކަން

ހައްދުންމަތީ ފޮނަދޫ ކައުންސިލަރުކަމުގެ މަގާމަށް، މާފަންނު ފަންނުވެލި ނާޝިދު ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.