މިއޮފީހުގެ ދެންނެވުން ނަންބަރު: 11/2010 (24 ފެބްރުއަރީ 2010) އާ ޙަވާލާދީ ދަންނަވަމެވެ.

ޤާނޫނެއްގެ ދަށުން ބާރުލިބިގެން ސަރުކާރުގެ އޮފީހަކުން ގަވާއިދެއް ހައްދަވާނަމަ އެގަވާއިދެއް އެކުލަވާލެއްވުމަށްފަހު، އެގަވާއިދަކަށް ޢަމަލުކުރައްވަން ފެށްޓެވުމާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފާ ހޯއްދެވުމާއެކު، އެ ގަވާއިދަކަށް ޢަމަލުކުރައްވަން ފެށްޓެވުމުގެ ހުއްދަ އެޓަރނީޖެނެރަލްގެ އޮފީހުން ހޯއްދެވުމަށް ދަންނަވާފައިވާތީ، ސަރުކާރުގެ އޮފީސްތަކުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ގަވާއިދު ފޮނުއްވާއިރު އެ ގަވާއިދަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ދެއްވާފައިވާ ލަފައާއެކު ފޮނުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.