1. ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް

ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް، މާފަންނު ފެންފިޔާޒުގޭ މުޙަންމަދު ޒާހިރު ނަޞީރާއި، މާފަންނު މާނެލް އަލްއުސްތާޛު ނ.ތ. ޙަސަންދީދީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީކަން

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް މާފަންނު ސީސްކޭޕް އަސްލަމް މުޙަންމަދު ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މީގެކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓެރީ ކަމުގެ މަގާމުގައެވެ.