ސަރުކާރު މެދުވެރިވެގެންނާއި އަމިއްލަގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކިއެކި ކޯސްތައް ފުރިހަމަކުރާ މުވައްޒަފުންނަށް މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވާގޮތަށް ސަރުކާރުގެ އޮފީސްތަކުން އިޤްރާރު ކުރެއްވުން 7 ޖުލައި 2009 އިން ފެށިގެން ހުއްޓާލެއްވުމަށް މިއޮފީހުގެ ނަންބަރު 51/2009 (7 ޖުލައި 2009)ގެ ދެންނެވުމުން އަންގަވާފައިވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް ފައިސާގެ އެހީ ދެއްވާ ގޮތަށް އިޤުރާރު ކުރެއްވުން 7 ޖުލައި 2009 ގައި ހުއްޓާލެއްވިއިރު، ކޯސް ހަމަޖެހިފައިވާ މުވައްޒަފުންގެ ތެރެއިން ފައިސާގެ އެހީ ދެއްވާނެކަމަށް ލިޔުމުން އަންގަވާފައިވާ މުވައްޒަފުންނަށް ފައިސާގެ އެހީ ދެއްވުން އެންމެ ރަނގަޅު ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.