ޕްރޮވިންސް އޮފީސްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ މަގާމު، އެބޭފުޅަކު ހުންނެވި ޕްރޮވިންސަކާ ގުޅޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައި، މިދަންނަވާ ގޮތުގެމަތިން އެބޭފުޅުން އެމަގާމުތަކަށް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

1. މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސް ކަމަށް މުޙަންމަދު ޙުނައިފް
2. މިނިސްޓަރ އޮފް ސްޓޭޓް، މެދުއުތުރު ޕްރޮވިންސް ކަމަށް މުޙަންމަދު ނަޢީމް
3. މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސް ކަމަށް ފާރޫޤް މުޙަންމަދު ޙަސަން
4. މިނިސްޓަރ އޮފް ސްޓޭޓް، މެދުދެކުނު ޕްރޮވިންސް ކަމަށް އަޙްމަދު މުޖުތަބާ
5. މިނިސްޓަރ އޮފް ސްޓޭޓް، މަތިދެކުނު ޕްރޮވިންސް ކަމަށް ޢުމަރު ޖަމާލް
6. މިނިސްޓަރ އޮފް ސްޓޭޓް، ދެކުނު ޕްރޮވިންސް ކަމަށް މުޙަންމަދު ނަޞީރު