1. މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ނައިބުކަން މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އާމިނަތު ޞާލިޙާއި، މާފަންނު ނަންނާރިގޭ މުޙަންމަދު ފަޔާޒް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާމިނަތު ޞާލިޙު މިހާތަނަށް ހުންނެވީ، ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. މުޙަންމަދު ފަޔާޒު މިހާތަނަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.  ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ކޮޅުމަޑުލު އޮމަދޫ ދިލާސާގޭ އަޙްމަދު މުނީރާއި، ހެންވޭރު ހަބަރުގޭ މުޙަންމަދު ރިޝްވާނާއި، ޗީފް އިންސްޕެކްޓަރ ކަމުގެ މަގާމުގައި ހުންނެވި މާފަންނު ސޯމާ އިސްމާޢީލް ޢަޠީފް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.