ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމުޢިއްޔާއަކީ:
1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު، ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
އަލްފާޟިލް އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
3- ޞިއްޙީ ދާއިރާއިން:
ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)
4- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލާ ނަޖުމާ ޙުސައިން، ގ. ނޫރީފެހި
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 7 ބޭފުޅުންނާއި ކުންފުންޏަކީ:
1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން
އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ
2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން
އަލްފާޟިލް މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ
3- ދިވެހި ތާރީޚުގެ ދާއިރާއިން: ދިވެހި ތާރީޚު ދިރާސާކުރުމުގެ ރޮނގުން
ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 03-ޖީ-125
4- ޞިއްޙީ ދާއިރާއިން: ދިވެހިބޭސްވެރިކަން ކުރުމާއި، އެ މަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން
އަލްފާޟިލް މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 702-އޭ10
5- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އިމާރާތްކުރުމުގެ ރޮނގުން
ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
6- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން
އަލްފާޟިލް އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
7- ކުޅިވަރުގެ ދާއިރާއިން: ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން
އަލްފާޟިލާ ޢާއިޝަތު ނައުރާ، ހ. ސީޓް
8- ވިޜުއަލް އާޓްސްގެ ދާއިރާއިން: ފޮޓޯގްރަފީގެ ރޮނގުން
އަލްފާޟިލް އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ
މީގެއިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.