ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހި ފުލުހުން، މި ޢަޒުމާއި މި ރޫޙުގައި، މި އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުންމަތީ، އަބަދުމެ، ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

1933 ވަނަ އަހަރު ތަޢާރަފުކުރެއްވި ފުލުހުންގެ ޚިދުމަތް، ވަކި، މަދަނީ މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވާފައިވަނީ، 1 ސެޕްޓެންބަރު 2004 ގައެވެ.