ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އަލް-ޚަލީފާގެ ކޮއްކޯފުޅު، ޝެއިޙް ރާޝިދު ބިން ޢީސާ ބިން ސަލްމާން އަލް-ޚަލީފާ އަވަހާރަވުމާ ގުޅިގެން، ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި މި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، ހިތާމައިގެ މި ދަނޑިވަޅުގައި، ބަޙްރައިންގެ ރަސްގެފާނަށާއި ބަޙްރައިންގެ ޝާހީ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފައިވެއެވެ.