ސްޕެއިންގެ ބޮޑުވަޒީރު، ޕޭދްރޯ ސާންޗޭޒް ޕެރޭޒް ކާސްތެހޯން ދެއްވި ރަސްމީ ފަރީއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

ޕަލާސިއޯ ދެ ލަސް ދުއޭންޔަސް ގައި ބޭއްވި މި ފަރީއްކޮޅަކީ، ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރީންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ. އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގެންނެވި، ދައުލަތްތަކާއި ސަރުކާރުތަކުގެ އިސްވެރިން، މި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ.

މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.