ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ކިންގްޑަމް އޮފް ބޫޓާންގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުގެ ފަތްކޮޅު ގަބޫލުފުޅުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ބައްދަލުކުރައްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައެއް ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި މެހްމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުން ހިމެނެއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގައެވެ