މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލް، އެމަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެމަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވެންދެން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެންމެ އިސްވެރިޔާގެ ގޮތުން އެމިނިސްޓްރީގެ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙަންމަދު މުޢިއްޒު ޢަދުނާނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފިއެވެ.