ރާއްޖޭގައި މިހާރު މިއޮތީ، މިހާތަނަށް ރާއްޖޭގައި ނޫސްވެރިކަމަށް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ އެންމެ ހާމަކަން ބޮޑު މާޙައުލު ކަމަށާއި، ރާއްޖޭގެ ނޫސްވެރިކަމަށް މިހާރު މިވަނީ ވަރަށް ބޮޑުކުރިއެރުމެއް އައިސްފައި ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޝަހީބު މީޑިއާ ކޮންސަލްޓެންސީއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި، އެމް.އެން.ބީ.ސީ. ގުޅިގެން ބޭއްވިި ބޭސިކް ޖާރނަލިޒަމް ކޯސް ނިންމުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ރޭ ބޭއްވެވި މި ޙަފްލާގައި ކޯހުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ނައިބު ރައީސް ދެއްކެވ ިވާހަކަފުޅުގައި، ނޫސްވެރިންވާންވާނީ، ރައްޔިތުންގެ ޤަދަރާއި، އޙްތިރާމް ލިބޭގޮތަށް ޚަބަރު ލިޔާ ބަޔަކަށް ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިން ލިޔާ ކޮންމެ ޚަބަރަކީ، ޙަަޤީޤަތާ އެއްގޮތަށް، ކަމުގެ ފުރިހަމަ މަޢުލޫމާތާއެކު ލިޔާ ޚަބަރަކަށް ހެދުމަށް ގޮވާލެއްވިއެވެ.

ނޫސްވެރިކަމަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކުރައްވައިގެން، ޝަހީބު މީޑިއާ ކޮންސަލްޓެންސީން ހިންގެވި މިކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދެއްވާފައިވަނީ، ނޫސްވެރިކަމުގެ އަސާސީ ހުނަރުތަކެވެ.

ރޭގެ ޙަފްލާގައި، ކޯހުގެ ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ބައިވެރިންނަށް ނައިބު ރައީސް ސެޓްފިކެޓް ދެއްވިއެވެ.