ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ގޮތުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ސްކޮލަރޝިޕާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގެންގުޅުއްވާ އާ ވިސްނުންފުޅެއް މާދަމާ އެމަނިކުފާނު ހާމަކުރައްވާނެއެވެ. މިކަން ހާމަކުރައްވާނީ، އެމަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ދައްކަވާ ވާހަކަފުޅުގެ ތެރޭގައެވެ.

މާދަމާ ރައީސުލްޖުމްހޫރިއްޔާ މި ދެއްވާ ރޭޑިޔޯ ޚިޠާބުގައި، އަމިއްލަ ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތައް އިތުރުކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.