މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ ވަޒީފާތަކަށްޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި،ގާބިލު މީހުންނެވެ.
1. މަގާމުގެ ނަން:
ޑެޕިއުޓީ ލީގަލް އޮފިސަރ
ރޭންކް:
ޕީ.އޯ.އެލް. 3
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ލީގަލް އެފެއާޒް އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
8,910.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
4,009.50 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
ކޮލިފިކޭޝަން އެލަވަންސް:
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،
 
- ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ
 މަގާމުގެ ޝަރުތު:
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
 މަގާމުގެ މައިގަނޑު
 މަސްއޫލިއްޔަތުތައް:
- ޤާނޫނީ ލަފަޔަށް އެދި މި އޮފީހުގެ އެކި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަންތަކުން ހުށަހަޅާ މައްސަލަތަކަށް ޤާނޫނީ ލަފާ ތައްޔާރުކުރުމާއި، މައްސަލަތައް ދިރާސާކޮށް، ޖަވާބު ތައްޔާރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފޯރުކޮށްދޭން ޖެހޭ ޤާނޫނީ އެހީތެރިކަމާއި، އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.
 
-  ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުންނާއި، ދައުލަތުގެ މުއައްސަސާތަކުން ފޮނުވާބިލުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ ގުޅޭގޮތުން ލީގަލް އެފެއާޒް އޮފީހުން ބަލަންޖެހޭ ކަންތައްތައް ބެލުން.
-  ޖިނާއީ ކުށްތަކުގެ ޙުކުމްކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވުމާއި އަދަބު ލުއިކޮށްދެއްވުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން. 
-    ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، އިންފޮމޭޝަން އޮފިސަރަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދިނުމުގައި ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ އިލްތިމާސްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ޖަވާބުދާރީވުމަށްޓަކައި އިންފޮމޭޝަން އޮފިސަރަށް ޤާނޫނީ އެހީތެރިކަށް ފޯރުކޮށްދިނުން.
 
- ލީގަލް އެފެއާޒް އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތައް ވިލަރެސްކުރުން.
 
-    ލީގަލް އެފެއާޒް އޮފީހުން ކުރާ އެކިއެކި ޚާއްސަ މަސައްކަތްތަކުގައި، އޮފީސް ހިންގުމާ ޙަވާލުވެ ހުންނަ ވެރިއެއްގެ އެންގުމާ އެއްގޮތްވާ ގޮތުގެ މަތީން ބައިވެރިވުން.
2.   މަގާމުގެ ނަން:
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ރޭންކް:
އެމް.އެސް. 2
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ލީގަލް އެފެއާޒް އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
6,295.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
ކޮލިފިކޭޝަން އެލަވަންސް:
-  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،
 
- ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ.
މަގާމުގެ ޝަރުތު:
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 4 (ސެޓުފިކެޓު 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
-  ލީގަލް އެފެއާޒް އޮފީހަށް ލިބޭ އެކިއެކި ލިޔެކިޔުންތަކާއި ތަކެތި ބަލައިގަތުމަށްފަހު، ކަމާބެހޭ މުވައްޒަފަކާ ހަވާލުކުރުން.
 
-      އޮފީހުގެ ޔައުމިއްޔާއަށް ދޭންޖެހޭ ހުރިހާ ލިޔުމެއް ޔައުމިއްޔާ ޕުރޮގުރާމަށް އެޅުން.
 
-    ލީގަލް އެފެއާޒް އޮފީހުން ކުރާ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓު އަދި ލިޔުން، އޮފީސް ހިންގުމާ ހަވާލުވެ ހުންނަ ވެރިއެއްގެ އެންގުމާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކުރުން.
 
- ލީގަލް އެފެއާޒް އޮފީހުން ބާއްވާ ކޮމިޓީތަކާއި އެކިއެކި ބައްދަލުވުންތަކާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
 
-  ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އިލްތިމާސްތަކާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
 
-   ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭ ހުށަހެޅުންތަކަށް ޖަވާބު ދިނުމުގައި އިންފޮރމޭޝަން އޮފިސަރަށް އެހީތެރިކަށް ފޯރުކޮށްދިނުން.
 
-  ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭ ހުށަހެޅުންތަކުގެ އިދާރީ މަސައްކަތް ކުރުމުގައި އެހީތެރިކަށް ފޯރުކޮށްދިނުން.
 
- ލީގަލް އެފެއާޒް އޮފީހުން ކުރާ އެކިއެކި ޚާއްސަ މަސައްކަތްތަކުގައި، އޮފީސް ހިންގުމާ ޙަވާލުވެ ހުންނަ ވެރިއެއްގެ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން ބައިވެރިވުން.
3.   މަގާމުގެ ނަން:
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
ރޭންކް:
ޖީ.އެސް. 4
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ޕޮލިޓިކަލް އެފެއާޒް އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
5,020.00 ރުފިޔާ
ސަރވިސް އެލަވަންސް:
1,500.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
2,259.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:
1,000.00 ރުފިޔާ
މަގާމުގެ ޝަރުތު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓުފިކެޓު 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓުފިކެޓު 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ރައީސުލްޖުމްހޫރިއްޔާގެކުރިފުޅުމަތީގައިހުވާކުރައްވާބޭފުޅުންނާއި،ފަތްކޮޅުއަރުވާބޭފުޅުންނާއި، ސިޔާސީމަގާމުތަކަށާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރައްވާ ބޭފުޅުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ މަޖިލިސް، ކައުންސިލް އަދި ކޮމިޓީތަކަށް ޢައްޔަންކުރައްވާ ބޭފުޅުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ޢައްޔަންކުރައްވާ ބޭފުޅުން މަގާމަށް ޢައްޔަންކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ބެލެހެއްޓުމާއި، އެ ބޭފުޅުންނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 
-       ޕޮލިޓިކަލް އެފެއާޒް އޮފީހުގެ މަސައްކަތްތައް ހިންގުމުގައި ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
4.   މަގާމުގެ ނަން:
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
ރޭންކް:
ޖީ.އެސް. 3
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ޕޮލިޓިކަލް އެފެއާޒް އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
4,465.00 ރުފިޔާ
ސަރވިސް އެލަވަންސް:
1,500.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
2,009.25 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:
1,000.00 ރުފިޔާ
މަގާމުގެ ޝަރުތު:
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
 
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓުފިކެޓު 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
-  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓުފިކެޓު 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
-  ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް އައްޔަންކުރައްވައިފައިވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. 
 
- ސަރުކާރުގެއިސްމަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ  ކެޕޭސިޓީ ޑިވެލޮޕްމަންޓާ ގުޅޭގޮތުން ކުރިއަށް ގެންދެވޭ ޕުރޮގުރާމުތަކަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ހިންގޭ ތަމްރީން ޕުރޮގުރާމުތަކުގެ އިވެލުއޭޝަން ރިޕޯޓު ހަދައި، ޓްރޭނިންގ ރިޕޯޓު ތައްޔާރުކޮށް ޑޮކިއުމެންޓް ކުރުން.
-  ޔުނިޓުގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެއްކުރުމާއި ކުރަންޖެހޭ ދިރާސާތައް ކުރުމުގައި އެހީތެރިވެދިނުން.
 
-  ޔުނިޓު ހިންގުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، ރެކޯޑު ލިޔެ ބެލެހެއްޓުން. 
 ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
ނ. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖޭން ބޭރުގެ) އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ބ. ލިބިފައިވާ ސަނަދުތަކުގެ ކޮޕީ.
ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
-          ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
-       ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި، ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
މި ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 މާރިޗު 3ވާ އަންގާރަ ދުވަހުގެ13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅުއްވާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/އެވެ.
25 ފެބުރުވަރީ 2026