ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙުކޮށްދެއްވައިފިއެވެ. އެކަމަނާ މި މަޢުރަޒު އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒަކީ ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ފިހިން ދިވެހި ދިރިއުޅުމުގެ އާދަކާދައާއި މަސައްކަތްތެރިކަން ސިފަކޮށްދޭ މަންޒަރުތައް ހިމެނޭ މަޢުރަޒެކެވެ. މި މަޢުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ވިވިޑް ރިއަލިޒަމް – މައި ޖަރނީ ތްރޫ ދަ ކަލަރސް އޮފް އަ ނޭޝަން" ފޮތް ނެރެދެއްވާފައެވެ.

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްދާ މި މަޢުރަޒު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޢުރަޒު ބައްލަވާލައްވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.