ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހަވީރު، ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ. 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިއަދުގެ މެޗަށްފަހު އެކަމަނާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.