މިއަދަކީ، ޕާކިސްތާނުގެ މިނިވަން ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި، ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ސައްޔިދު ޔޫސުފް ރަޒާ ގިލާނީއަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ދެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ދެބޭފުޅުންނަށާއި، ޕާކިސްތާނު ސަރުކާރަށާއި، ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޙްލާޞްތެރިކަމާއެކު މަރުޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހަކީ އޯގަސްޓް މަހުގެ 14 ވަނަ ދުވަހެވެ. ޕާކިސްތާނަށް މިނިވަންކަން ލިބިފައިވަނީ 1947 ވަނަ އަހަރުއެވެ.