ދިވެހިރާއްޖޭގެ އަޑުގެ ނަން "ރާއްޖެ ރޭޑިޔޯ" އަށް އަދި ޓީ.ވީ މޯލްޑިވްސްގެ ނަން "އެމް.އެން.ބީ.ސީ.ވަން" އަށް ބަދަލުކުރައްވައި، އެ ދެޗެނަލް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ދެޗެނަލް އިފްތިތާޙް ކުރެއްވީ، އެމް.އެން.ބީ.ސީ. އިން މިރޭ 10 ޖެހިއިރު ހޮލިޑޭއިންގައި ބޭއްވެވި ރީބްރޭންޑިންގ ރަސްމިއްޔާތުގައެވެ.