ތަޖިކިސްތާނުގައި މިހާރު ކުރިއަށްދާ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގެ މެހެމާނުންނަށް އެޤައުމުގެ ސަރުކާރުން ދެއްވި، ރަސްމީ ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މަޢުޟޫޢުގައި ވާހަކަފުޅު ދައްކަވައި، ގްލޭޝިއަރތައް ނެތިގެންދާ ދިޔުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ސަބަބުން، މޫސުމީ ބަދަލުތަކާއި، އޭގެ ގޮންޖެހުންތަކާއި، ގްލޭޝިއަރތަކަށް އޭގެ ސަަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މިއަދު ބޭއްވި "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގެ އިފްތިތާޙީ ސެޝަންގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނުގެ ބަޔާނުގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ތަޖިކިސްތާނުގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއްވެސް އެމަނިކުފާނު ކުރެއްވިއެވެ.