ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު ރސ 1548، އަލްފާޟިލް މުޙައްމަދު ޒާހިދު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ކ.ހުރާ، ރޯޒް އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މި ދެބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުވަހުއެވެ.