2024 ވަނަ އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ނިންމުމުގެ އެގްޒެކެޓިވް ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަތެވެ. މި ސެޝަންގައި ވަނީ، މެންބަރު ޤައުމުތަކުގެ ލީޑަރުން ދެއްވި ރަސްމީ ބަޔާންކަމުގައިވާ، ޗޮގަމް ކޮމިއުނިކޭ އަދި ކޮމަންވެލްތު އޯޝަން ޑެކްލަރޭޝަން އިޢުލާންކުރައްވާފައެވެ.

މިއީ 2024 ވަނަ އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު ހަރަކާތެވެ.