މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަގާމުގެ ނަން:
|
ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް
|
ރޭންކް:
|
އެސް.އެސް.1
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
|
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް ސެކްޝަން
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
އަސާސީ މުސާރަ:
|
3,100.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,000.00 ރުފިޔާ
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
|
ލިވިންގ އެލަވަންސް:
|
2,500.00 ރުފިޔާ
|
އޮގްޒިލަރީ ސަރވިސް އެލަވަންސް:
|
700.00 ރުފިޔާ
|
މަގާމުގެ ޝަރުޠު:
|
- ލިޔަންކިޔަން ދަތުން.
- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ހައުސްކީޕިންގ އާއި މެއިންޓެނަންސްގެ މަސައްކަތްތައް
(މައިގަނޑު މަސައްކަތްތައް: އޮފީހާއި، އޮފީހުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ތަންތަން ކުނިކަހާ ފޮޅާ ސާފުކުރުމާއި، އެ ތަންތަނުގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ޕޭންޓްރީގެ މަސައްކަތްތައް ކުރުން)
|
ހުށަހަޅަންޖެހޭ ތަކެތި:
|
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.
ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ރ. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު.
|
މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 ސެޕްޓެންބަރު 30 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
24 ސެޕްޓެންބަރު 2024