މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1.  މަގާމުގެ ނަން
ޑިރެކްޓަރ
ރޭންކް:
އީ.އެކްސް 1
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ކެބިނެޓް އޮފީސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް/ މޮޑަރނައިޒޭޝަން އެންޑް ޕަރފޯމަންސް އިމްޕްރޫވްމަންޓް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
8,835.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
3,975.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
މަގާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެމް.އެސް 2 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޖުމުލަ 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްސެއް ލިބެމުންދިޔުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަގާމެއްގައި އެމް.އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
-    އިދާރީ ހިންގުމާގުޅޭ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސަރުކާރު އޮފީސްތަކުގެ ހިންގުމާއި އޮފީސްތަކުން ޚިދުމަތް ދިނުމުގެ ކަންކަން ހަރުދަނާކޮށް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން. 
- ސަރުކާރުގެއިދާރާތައް ހިންގުމުގައިފުރިހަމަވެފައި ހުންނަންޖެހޭ އަސާސީމިންގަނޑުތައްކަނޑައަޅައި، އެ މިންގަނޑުތަކާ އެއްގޮތަށް އިދާރާތައް ހިންގަމުން ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ބަހާފައިވާ ގޮތް ދިރާސާކުރުމާއި އޮފީސްތަކުގެ މަސައްކަތްތައް ހިންގުމުގެ ނިޒާމުތައް ދިރާސާކުރުމާއި، އެ ކަންކަން އިސްލާޙުކޮށް އޮފީސްތަކުގެ ޕަރފޯމަންސް ރަނގަޅުކުރުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 
-    ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ހަމަޖައްސައިފައިވާ ނިޒާމާއި އެ ނިޒާމުގެ ދަށުން ގާއިމުކޮށްފައިވާ އިދާރާތަކާއި ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކޮށް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ސަރުކާރު އޮފީސްތަކަށް އަމާޒުކޮށް މަރުކަޒީ ފެންވަރުގައި ކުރިއަށްގެންދަން ކަނޑައަޅާ ރިފޯމާއި މޮޑަރނައިޒޭޝަންއާގުޅޭ ކެޕޭސިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ހިންގުން.
- ސަރުކާރު އޮފީސްތަކުގެ މަސައްކަތްތަކާއި އޮފީސްތަކުން ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރާ އޮޑިޓް ރިޕޯޓްތަކާއި، ދައުލަތުގެ އެކި މުއައްސަސާތަކުން އާންމުކުރާ ތަފާތު ރިޕޯޓްތަކާ ގުޅިގެން އިދާރީ ހިންގުމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 
2. މަގާމުގެ ނަން:
އެސިސްޓެންޓް ޑިރެކްޓަރ
ރޭންކް:
އެމް.އެސް 3
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ކެބިނެޓް އޮފީސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް/ މެޝިނަރީ އޮފް ގަވަރމަންޓް ރިފޯމް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
7,035.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
 
3،165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
މަގާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރުގެ ވުޒާރާތަކާއި ވުޒާރާތަކުގެ ދަށުން ހިނގާ ގޮތަށް އުފައްދަންޖެހޭ ތަންތަން އުފެއްދުމާއި، އުވާލުމާއި، އެ ތަންތާނގެ ނަމަށް ބަދަލުގެނައުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 
- ސަރުކާރުން އުފައްދާ އިދާރާތަކުން ކުރާނެ މަސައްކަތްތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ގޮތުގެމަތިން ކަނޑައެޅުމާއި، މަސައްކަތްތަކަށް ބަދަލުގެނައުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މަސައްކަތްތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
- ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ އިދާރާތަކާއި، ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ސަރުކާރުން އުފައްދާ އިދާރާތައް އުފެއްދުމުގައާއި، އުވާލުމުގައާއި، އިދާރާތަކުގެ ނަމަށް ބަދަލުގެނައުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް އެކުލަވައިލުން. 
-  ސަރުކާރުގެ އޮފީސްތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގައި ހުރި ފުށުއެރުންތައް ފާހަގަކޮށް، މަސައްކަތްތަކުގެ ލިސްޓު އިސްލާހުކުރުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. 
- ސަރުކާރުން އުފައްދާ އިދާރާތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާގޮތުގެ މަތިން އުފެދޭ އިދާރާތަކުގެ މަސައްކަތްތައް ފަށައިގަތުމަށްޓަކައި މަރުކަޒީ ފެންވަރުގައި އެއިދާރާތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން. 
- ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސް ޖާގަ ކަނޑައެޅުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަންކަން ކުރުން.  
- ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން، އެ ތަނެއްގެ މާލީ ހިންގުމާއި މާލީ ޒިންމާ އުފުލުން ވަކިން އޮންނަ ގޮތަށް ކަނޑައަޅާ ޙާލަތްތަކުގައި އެކަމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 
-    ސަރުކާރުގެ އިދާރާތައް އުފައްދާ ތާރީޚުތަކާއި، އުވާލާ ތާރީޚުތަކާއި، އޮފީސްތަކުގެ ނަންތަކަށާއި، މަސައްކަތްތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ބެލެހެއްޓުން. 
- ސަރުކާރުގެ އިދާރީ އޮނިގަނޑާއި، ސަރުކާރުގެ އިދާރާތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ބަލަހައްޓަމުން ގެންދިއުން. 
-    ޔުނިޓުގެ މަސައްކަތުގެ ދާއިރާއާބެހޭ ގޮތުން މަޢުލޫމާތު އެއްކުރުމާއި ކުރަންޖެހޭ ދިރާސާތައް ކުރުން. 
ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
 
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.
 
ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓްފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
 
ރ. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު.
 
ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.
 
ޅ. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ޕޮޓޯކޮޕީ.
 
މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން،ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024ޖުލައި 16ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
 އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
10 ޖުލައި 2024