ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ، މިމަހުގެ 28 ން 29އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެހީދޭ ފަރާތްތަކުގެ ބައްދަލުވުން ކަމަށްވާ ޑޯނަރ ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ސަޢޫދީ ވަލީޢަހުދާއި އެޤައުމުގެ އެހެނިހެން އިސްބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރެއްވިއެވެ. މީގެއިތުރުން މާލީ އަދި ވިޔަފާރީގެ ދާއިރާތަކުގެ އިސްބޭފުޅުންނާވެސް ނައިބު ރައީސް ބައްދަލުކުރައްވައި ރާއްޖެއަށް އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ދާއިރާތަކާ ބެހޭގޮތުންނާއި ޑޯނަރ ކޮންފަރެންސާ ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ.