މާޅޮސްމަޑުލު އުތުރުބުރީ ފައިނުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެރަށުގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. މީދޫ ކައުންސިލުގެ އިދާރާގައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް ގޯތި ލިބޭ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް ލުއިގޮތެއްގައި ލޯނު ލިބޭނެގޮތެއް ހޯދުމުގެ މުހިންމުކަމާއި ގިރާސަރަޙައްދު ހިމާޔަތްކުރުމާއި ޕިކްނިކުގޮސް ހެދުމަށް ޚާއްސަކޮށް ރަށެއް އޮތުމުގެ މުހިންމުކަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.