ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާ މިއަދު ހެނދުނު މާލެ ވަޑައިގަތުމުން، މާލެއިން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. މާލެއަށް އެމަނިކުފާނު ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރްޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޓިމޯރ ލެސްތޭގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ.
އަދި ދިވެހިރާއްޖެއާއި ޓިމޯރ ލެސްތޭއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ޓިމޯރ ލެސްތޭގެ ރައީސްގެ ޝަރަފްގައި ބޭއްވުނު އޮނަރގާޑެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މިރަސްމިއްޔާތަށްފަހު، ޓިމޯރ ލެސްތޭގެ ރައީސް ރަސްމީ ފާލަމުން ހިންގަވާފައި ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަރިހުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަޑައިގެންނެވިއެވެ.