މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވޯޓުލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފަހުރި އެމަނިކުފާނު ނިޞްބަތްވެވަޑައިގަންނަވާ ދާއިރާގެ ވޯޓުފޮށްޓަށެވެ.


ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 8 ގަޑި ސުންމިނެޓްގައެވެ. ވޯޓުލުން ބަންދުވާ ގަޑިއަކީ ހަވީރު 4 ގަޑި ސުންމިނެޓެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި ރިޔާސީ އިންތިޚާބު 2023 އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށް ގެންދިއުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކޮންމެ 5 އަހަރަކުން އެއްފަހަރު ރިޔާސީ އިންތިޚާބު ބާއްވާއިރު ރިޔާސީ އިންތިޚާބު 2023ގައި ޖުމްލަ 8 ކެނޑިޑޭޓަކު ވާދަކުރައްވައެވެ