"މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑ"ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުގެންނަވައިފިއެވެ. މިގޮތުން ގެންނެވި ބަދަލުގައި، އެބޯޑުގެ ޗެއަރމަން ކަމުގެ މަގާމަށާއި މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ބޭފުޅުން ހަމަޖެއްސެވިއެވެ. ޗެއަރމަނަކަށް ހަމަޖެއްސެވީ، މާފަންނު ސަނީކޯސްޓް މުޙަންމަދު ޝަރީފެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ގަލޮޅު ޗޭނުގޭ އަޙްމަދު ޙަމީދެވެ. މިބޭފުޅުންގެ އިތުރުން، ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގަލޮޅު ބްލޫވޭވް އަޖްވަދު ޢަލީއާއި، ގަލޮޅު ގްރޭވިލާ އިސްމާޢީލް ޝަފީޤާއި، މާފަންނު ވާދީރޯސް ޢަބްދުﷲ ނާފިޒާއި، ހެންވޭރު ނޫރާނީހިޔާ އިބްރާހީމް ރަޝީދެވެ.