ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ރޭ ހޮލިޑޭ އިން ހޮޓެލުގައި ބޭއްވެވި ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މިޙަފްލާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2009ވަނަ އަހަރުގެ ފޮތް ރައީސުލްޖުމްހޫރިއްޔާ ނެރުއްވައި ދެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ގުޅިގެން ބޭއްވުނު ޚިދުމަތް ދިނުމުގެ ރޫޙް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި މުވައްޒަފުންނަށް ހަނދާނީ ލިޔުންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފައްދަވައި، އެ ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވީ 29 ޑިސެމްބަރު 2008ގައެވެ.