ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ "ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކުލަވާލައްވައިފިއެވެ. މިކުންފުނީގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ ދ.ކުޑަހުވަދޫ ޑޭޒީވިލާ ޢަބްދުﷲ ޖަމީލެވެ. މި ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުން ތިރީގައި މިދަންނަވަނީއެވެ.
- ޢަލީ ރަޝީދު މ. މުލަކު ކޯޒީވިލާ
- އަޙްމަދު ނާފިޒު މ.މުލީ ފެމޯރާގެ
- ޢަލީ ޝަފީޤް ފ.ފީއަލީ ބަހާރުގެ
- ޢަބްދުﷲ ނަޞީރު ފ.މަގޫދޫ އަސްރަފީގެ
- އިބްރާހީމް ރައޫފް ދ.ހުޅުދެލީ އުނިމާގެ