ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރާޅުގަނޑު ސަރަޙައްދުގައެވެ.

މުލަ މޯލްޑިވްސް އަކީ ދިވެހި ބްރޭންޑެކެވެ. މި ބްރޭންޑް އިފްތިތާޙުކުރުމުގެ ގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމް.ބީ.ބީ.އޭ) އިން ވަނީ މިމަހުގެ 17 އިން 19 އަށް ބޮޑީބޯޑިން މުބާރާތެއް ބާއްވާފައެވެ. މި މުބާރާތުގައި 28 ސާރފަރސް ވާދަކޮށްފައިވެއެވެ.

މި މުބާރާތުގެ ފައިނަލަށްފަހު، ރަސްމީކޮށް ބްރޭންޑް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށްގެންގޮސްފައެވެ.

މުލާ ބޮޑީބޯޑިންގ ޗެލެންޖް ނިމުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.