ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. ރިނބުދޫއަށް ވަޑައިގެންނެވުމާއެކު އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އެރަށުގައި ޤާއިމްކޮށްފައިވާ ޘަޤާފީ މަގު ހުޅުވައިދެއްވުމާއި، "މަރިޔަންމާ" ޕްރޮގްރާމް އިފްޠިތާޙްކޮށްދެއްވުމާއި، ފުޓްސެލް ދަނޑު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި، އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.