ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޢިއްޒުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތައް 

ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ.

މިފެށޭ އަހަރު ޢިއްޒުއްދީން ސްކޫލު ހުޅުވޭއިރު އެ ސްކޫލުގައި ގްރޭޑް 6 އާއި ހަމައަށް ކިޔަވައިދޭނެއެވެ. އަދި މި ސްކޫލަކީ 500 ދަރިވަރުންގެ ޖާގަދިނުމަށް އަމާޒުކޮށް ހުޅުވޭ ސްކޫލެކެވެ.