ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެއަތޮޅަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ކައްދޫ އެއަރޕޯޓަށް ވަޑައިގެންނެވުމުން އަތޮޅުގެ ގިނައަދަދެއްގެ ރައްޔިތުން އެމަނކިފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދޭންފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލ. ގަމާއި ހިތަދޫއާއި ފޮނަދޫއަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ ބައެއް މަސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.