ޕީ އެލް ކިޑްސް ޕްރީ ސްކޫލް ރީބްރޭންޑްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ. 

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު އަމީނިއްޔާ ސްކޫލްގައެވެ. ޕީ އެލް ކިޑްސް ޕްރީ ސްކޫލަކީ 2 އަހަރާ 6 އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް ތަޢުލީމު އުނގަންނައިދިނުމަށް އަމާޒުކޮށްގެން 2011 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ހިންގަމުންގެންދާ ޕްރީ ސްކޫލެކެވެ.

މި ރަސްމިއްޔާތުގައި ޕީ އެލް ކިޑްސް ޕްރީ ސްކޫލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.