ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. ކެޔޮދޫގައި މިރޭ ބޭއްވި "ސަޤާފީ ކެއުމާއި" ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ލަވަޔާ މިޔުޒިކްގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައްލަވާލައްވައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ވ. ކެޔޮދޫގައި މިއަދު ބޭއްވި ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކެޔޮދޫގައި ބޭއްވި ޙަފްލާގައި ފަތުރުވެރިކަމުގެ ދުވަހާ ގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދައްކާފައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމުގެ ޙަރަކާތެއްވެސް ކުރިޔަށްގެންގޮސްފައި ވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.