ސަޢޫދީ ޢަރައްބިއްޔާގެ 89 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ކޭކުފެޅުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 17 މާރިޗު 1981 ގައެވެ.