بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سـيّدنا محمّد وَعلى آلـه وأصـحَابِه أجمـعـين

އާދެ! ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލުމާ ގުޅިގެން، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވޭ އަމިއްލަ ރޭޑިޔޯ ސްޓޭޝަން، މޯލްޑިވްސް މީޑިއާ ކަމްޕެނީގެ "ދި އެފް.އެމް. 95.2" މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ އެ ކުންފުނީގެ ޗެއަރމަން އަލްފާޟިލް ޗަމްޕާ މުޙަންމަދު މޫސާއަށް ދަންނަވަން. އަދި ކުންފުނީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިބްރާހީމް ޚަލީލަށާއި، ޑިރެކްޓަރުން އަލްފާޟިލް އަޙްމަދު ސަލީމަށާއި، އަލްފާޟިލް ޙަސަން މައުމޫނަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި، އެޑިޓޯރިއަލް ބޯޑުގެ މެންބަރުންނަށްވެސް ތަހުނިޔާ ދަންނަވަން.

މޯލްޑިވްސް މީޑިއާ ކަމްޕެނީގެ ޗެއަރމަން އަލްފާޟިލް ޗަމްޕާ މުޙަންމަދު މޫސާއަކީ، އަޅުގަނޑުމެންނަށް އާ ބޭފުޅެއް ނޫން. އޭނާއަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ވަރަށްބޮޑު ޙިއްޞާއެއް ވެދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި ސަރުކާރުން ކުރާ އެކިކަންކަމުގައި އަދި ޤައުމީ މަސައްކަތްތަކުގައި، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާ ބޭފުޅެއް. ތިމާވެށްޓަށް ޚިދްމަތް ކުރުމުގެ ރޮނގުން ސަރުކާރުންދޭ ފެހިފަތުގެ އިނާމު، 1996 ވަނަ އަހަރު އޭނާއަށްވަނީ ލިބިވަޑައިގެންފައި. މިކަމުންވެސް އޭނާ ރާއްޖެއަށް ކޮށްދެއްވާ ޚިދުމަތްތައް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

އޭނާގެ ބެއްލެވުމުގެ ދަށުން ކުންފުނި ހިންގަވަން ތިއްބެވީވެސް، ބްރޯޑްކާސްޓިންގ ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅުންކޮޅެއް. އެހެންވީމާ، އަލްފާޟިލް މުޙަންމަދު މޫސާއަށާއި، އެކުންފުނީގެ އެހެން ބޭފުޅުންނަށް، އެބޭފުޅުންގެ މިމަސައްކަތްޕުޅުގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަން. އަދި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބޭ ގޮތެއްގެ މަތިން ދި އެފް.އެމް 95.2 ހިންގަވަމުން ގެންދެވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ދަންނަވަން.

އާދެ! ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމާއި، ރީ ބްރޯޑްކާސްޓް ކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަކީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް.

މިކަމަކީ، އަޅުގަނޑު 2006 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު އިޢްލާނު ކުރި ސިޔާސީ އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓުގައި ހިމަނާފައިވާ ކަމެއް. ރާއްޖެ، މިއަދު ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާއިރު، އެ ތަރައްޤީގައި ރައްޔިތުން އަދާކުރާ ދައުރު، ރައްޔިތުންގެ ޙިއްޞާ ވަރަށް މުހިންމު.

އެހެންކަމުން، ރާއްޖޭގެ ރައްޔިތުންގެ މަޢްލޫމާތު މުއްސަނދިކޮށް، ތަރައްޤީގެ އެކިކަންކަމަށް އެމީހުންގެ ލޯ ހުޅުވައިދީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްދިނުމަކީ، މިފަދަ ރޭޑިޔޯ ސްޓޭޝަންތަކުގެ ނުވަތަ ޓީ.ވީ ސްޓޭޝަންތަކުގެ އެންމެ މުހިންމު އެއް މަޤްޞަދަކަށްވާންޖެހޭ. ރާއްޖޭގައި މިއަދު މިވަނީ، ޚަބަރު ފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ވަރަށްފުޅާ ދާއިރާއެއްގައި ހުޅުވާލެވިފައި. އެއީވެސް، މިހާރު ހިންގަމުން މިގެންދާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމުގެ ވަރަށް މުހިންމު ބައެއް.

އެ މިނިވަންކަން އެގޮތަށް އޮތް ކަމުގައިވިޔަސް، އެ މިނިވަންކަމުގެ ބޭނުން އަޅުގަނޑުމެން ކުރަންވާނީ ހެޔޮގޮތުގައި. ޒިންމާދާރު ގޮތެއްގައި. މީހުންގެ އަބުރު ނަގާލުމާއި، ޤައުމުގައި ބައިބައިވުން އުފެއްދުމަށް މަގުފަހިވާފަދަ އަސްލެއްނެތް ޚަބަރުތައް ފަތުރާ، ހަމަނުޖެހުން އުފެދޭގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެނެއް ނުވާނެ. މިކަމަށް ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް، މިއަދުވެސް އަޅުގަނޑު ގޮވާލަން. އަދި ބްރޯޑްކާސްޓް ކުރައްވަން ފަށްޓަވާ ފަރާތްތަކުންވެސް، މިކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވަނީ އެއްބަނޑުއެއްބަފާކަމާއި، އިސްލާމީ އަޚުވަންތަކަމުގެ މަތިވެރި ގުޅުމެއް. މިގުޅުމަށް ބުރޫއެރުމަކީ، އެކަމުގެ ސަބަބުން ޤައުމަށް ނިކަމެތިކަން ލިބިގެންދާނެ ކަމެއް. މިއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންވާނެ ކަމެއް. އާދެ! ދެންމެ މި ޖަލްސާ ފަށްޓަވައި ދެއްވުމުގެ ގޮތުން، ޤާރީ ކިޔަވައި ވިދާޅުވެދެއްވި އާޔަތްތަކުގައިވެސް، ހެޔޮބަސްބުނުމާއި ނުބައިބަސް ބުނުމާ، މީގެ ތަފާތު ވަރަށް ރީތިކޮށް މާތްﷲ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެބައޮތް.

އާދެ! ކީރިތި ޤުރުއާނުގައި އިބްރާހީމް ސޫރަތުގައި، މާތްﷲ ވަޙީކުރައްވާފައިވަނީ،

"أَلَمْ تَرَ كَيْفَ ضَرَبَ اللّهُ مَثَلاً كَلِمَةً طَيِّبَةً كَشَجَرةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاء" إبراهيم (24) މާނައަކީ، "اللَّه، ރަނގަޅު ބަހެއްގެ مثالޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ރަނގަޅު ގަހެއްގެ مثالއެވެ."

"تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا وَيَضْرِبُ اللّهُ الأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ" إبراهيم (25) "އެ ގަހުގެ ވެރިރަސްކަލާނގެ إذنފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ."
ވިދިގެން އަންނަ އާޔަތުގައި، ނުބައި ބަހުގެ މިސާލު މާތްﷲ ޖައްސަވާ ދެއްވާފައިވޭ. އެކަލާނގެ ވަޙީކުރައްވާ:

"وَمَثلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الأَرْضِ مَا لَهَا مِن قَرَارٍ" إبراهيم (26)މާނައަކީ، "އަދި ނުބައި ބަހެއްގެ مثالއަކީ، ބިންމަތިން އުފުރިގެންދާ (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثالއެވެ."

އާދެ! ހެޔޮ ބަސް ބުނުމުގެ މިސާލަކީ، ގަހަކުން އަބަދުމެ ފައިދާތައް ލިބެނިވި ގޮތެއްގައި އެ ގަހުގެ މޫތައް ބިމުގެ އަޑިއަށް ފޯރާފައިވާ، އަދި އެގަސް ހެދި ބޮޑުވެފައިވާ، އެގަހުގެ ގޮފިތަކުންނާއި، އަދި ފަތްތަކުން ހިޔާވަހިކަން ލިބޭ ފައިދާހުރި ގަހެއްގެ މިސާލު. މާތްﷲގެ އިޒުނަފުޅާއެކު، އެގަހުގެ ފައިދާ އަބަދު ހުންނާނީ ލިބިލިބި. ހެޔޮބަހުގެ މިސާލަކީވެސް އެއީ. އެ ބަހުގެ ފައިދާ އަބަދުމެ މީސްތަކުންނަށް ލިބިލިބި ހުންނަ ބަހަކަށް އެ ބަސް ވެގެންދާނެ. ނުބައި ބަހެއްގެ މިސާލަކީ، ބިންމަތިން އުފުރިގެންދާ، އަދި އެގަހަށް އެއްވެސް ކަހަލަ ސާބިތުކަމެއް ލިބިފައި ނުވާ ނުބައި ގަހެއްގެ މިސާލު.

ނުބައި ބަސް ބުނުމަކީވެސް އެފަދަކަމެއް. އޭގެ ސަބަބުން މީހަކަށް، ނުވަތަ މުޖްތަމަޢަކަށް، ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ހަމައެހެންމެ، ހެޔޮބަސް ބުނުމުގެ ނަސީބަކީ، މާތްﷲ އެކަލާނގެއަށް އީމާންވެ ހެޔޮ ޢަމަލުކުރާ މީހުންނަށް ދެއްވާފައިވާ ނިޢުމަތެއްކަން ވިދިގެން އަންނަ އާޔަތުގައި ބަޔާންކުރައްވާ.

މާތްﷲ ވަޙީކުރައްވާ: "يُثَبِّتُ اللّهُ الَّذِينَ آمَنُواْ بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الآخِرَةِ وَيُضِلُّ اللّهُ الظَّالِمِينَ وَيَفْعَلُ اللّهُ مَا يَشَاءُ" إبراهيم (27) މާނައަކީ: "ދުނިޔޭގެ حياةގައްޔާއި، آخرةގައި ސާބިތުވެގެންވާ (حق) ބަހުން إيمانވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ. އަދި اللَّه، އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ."

ވަރަށް ރީތިކޮށް، ވަރަށް ފުރިހަމަ މިސާލަކުން އަޅުގަނޑުމެންނަށް މާތްﷲ އެ އަންގަވައިދެއްވަނީ ހެޔޮބަސް ބުނުމުގެ ފައިދާއާއި، ނުބައި ބަސް ބުނުމުގައި ހުރި ގެއްލުން. މިކަމަކީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް. އަދި ޚާއްޞަކޮށް މީސްތަކުންނަށް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލު ގެނެސްދޭ ފަރާތްތަކުން މިކަމަށް އިތުރު ރިޢާޔަތްތެރިކަމެއް ދެއްވުމަކީ ހަމަ ކޮންމެހެން ބޭނުންވާ ކަމެއްކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ! މިފުރުޞަތުގައި، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށް، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެމިނިސްޓްރީގެ ވެރިންނަށްވެސް ޝުކުރު ދަންނަވަން. ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސުން އެކުރައްވަމުން ގެންދަވާ ޚިދްމަތްތަކަށްޓަކައި، އިންފޮމޭޝަން މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އެދެތަން ހިންގަވަން ތިއްބެވި ވެރިންނަށާއި، އެތަންތާނގެ ހުރިހާ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެއިތުރުން، މިދާއިރާ ތަރައްޤީ ކުރެއްވުމަށް، ކުރީގެ އިންފޮމޭޝަން މިނިސްޓަރ އަލްފާޟިލް އިބްރާހީމް މަނިކާއި، އަދި އެމަނިކުފާނުގެ ފަހުން އެމަގާމު ފުރުއްވި އަލްފާޟިލް އަޙްމަދު ޢަބްދުﷲ ކޮށްދެއްވި ޚިދްމަތްތަކުގެ މަތިން ހަނދާންކޮށް، އެދެބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކުން އެކުރައްވަމުން ގެންދަވާ ޚިދްމަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ބޭރުގެ ރޭޑިޔޯ ސްޓޭޝަނެއް ކަމަށްވާ ޗެނަލް އިސްލާމް އިންޓަރނޭޝަނަލުން މި ޙަފްލާ ވަގުތުން ދުރަށް ފޮނުއްވާތީ، އިނގިރޭސި ބަހުން އަޅުގަނޑު އެއްޗެއް ބުނެލުމަށް މޯލްޑިވްސް މީޑިޔާ ކަމްޕެނީ އިން އެދިވަޑައިގެންފައިވާތީ، ތިޔަބޭފުޅުންގެ އިޒުނަފުޅާއެކު އިނގިރޭސި ބަހުން އަޅުގަނޑު އެއްޗެއް ދަންނަވާލަން ކަމަށް.

بســم اللّـه الرّحمـن الرّحيــم

 

Honourable Ministers, the Chairperson of the Maldives Media Company, Mr. Champaa Mohamed Moosa, Distinguished Guests, Ladies and Gentlemen:

It gives me great pleasure to declare open today, with the Grace of the Almighty Allah, the very first private FM radio station in the Maldives – DhiFM 95.2.

On this landmark occasion, I extend warm congratulations to you, Mr. Mohamed Moosa, and to the management and staff of MMC and DhiFM 95.2.

Since the launching of my democratic reform agenda on 9 June 2004, one of the major Government priorities has been the promotion of a free and vibrant media in the Maldives. I am happy to say that, over the past three years, numerous measures have been implemented in this endeavour. The launch of the very first private radio station in the Maldives, DhiFM 95.2, is indeed a historic milestone. It is also the successful implementation of an important task under the Reform Roadmap.

Granting broadcasting and re-broadcasting licenses to private parties has been a key objective of the Ministry of Information and Arts. I wish to, therefore, extend my sincere congratulations to the Minister of Information and Arts, Mr. Mohamed Nasheed, and his staff on the achievement of this objective.

The strength of the media to shape public opinion should never be underestimated. As we all know, the media, in particular the broadcast media, is one of the most important sources of public information.

However, promoting a free media will not yield any benefits to the people, unless those in the sector act with responsibility. Journalists, editors and producers alike, must be fully aware that they shoulder a very important national responsibility. No effort must be spared to present facts rather than fiction. The media must not be used as a tool to discredit people, spread hatred or compromise national security.

Ladies and Gentlemen;

The chairperson of the MMC and DhiFM is no stranger to us. Indeed, Mr. Champaa Mohamed Moosa is a leading entrepreneur in the country. He has always extended his full support to many national endeavours, and is the proud holder of the Green Leaf award for his important contribution to environmental protection in the Maldives. Mr. Ibrahim Khaleel, Mr. Ahmed Saleem, Mr. Hassan Maumoon and Mr. Masood Ali have been stalwarts of the media sector of the country for many years.

I wish every success to DhiFM 95.2. I have no doubt that the new station will be very popular among the public, and that listeners will enjoy the variety of programmes that the channel intends to air.

Thank you very much