- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ތިންމަގާމަކަށް ތިންބޭފުޅަކު ހަމަޖައްސަވައިފި
28 ޖަނަވަރީ 2009، ރިފަރެންސް: 2009-74
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިންމަގާމަކަށް ތިންބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިގޮތުން ހަމަޖެއްސެވި ބޭފުޅުންނަކީ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ (ކަލްޗަރަލް)ގެ މަގާމަށް މައްޗަންގޮޅީ ސިލްވަރސީން އަލްފާޟިލް ނައުޝާދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ކޮޅުމަޑުލު ތިމަރަފުށީ ނިރޮޅުމާގޭ އަލްފާޟިލް ޢަދްނާން ޢަލީ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަގާމަށް ގަލޮޅު ކަކާގެއާގޭ އަލްފާޟިލް ޙުސައިން އާދަމެވެ.