ގުޅީފަޅުގައި ރިމާންޑް ސެންޓަރުތައް ޤާއިމުކުރާނެ ރަނގަޅު ސަރަޙައްދުތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ގުޅީފަޅަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގުޅީފަޅަށް ކުރެއްވި މި ދަތުރުފުޅުގައި ގުޅީފަޅުގައި އިމާރާތްކުރަން ފަށާފައިވާ ބައެއް އިމާރާތްތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ އިމާރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ރަނގަޅު އިމާރާތްތަކަކީ ކޮބައިތޯ ބައްލަވާލެއްވިއެވެ.